
ޓެކުނޮލޮޖީގެ ރޮނގުން އަންނަ ކުރިއެރުންތަކާއެކު ދިރިއުޅުމުގެ ހުރިހާ ކަމަކަށްހެން ވަނީ ނުފޫޒު ފޯރައިފައެވެ. އެއާއެކު ކުރިން ކަންކަން ކުރަމުން އައިގޮތްތައް އަންނަނީ ބަދަލުވަމުންނެވެ. ނުވަތަ މުޅިން ބަދަލުވެއްޖެއެވެ. ނަމަވެސް ހަރުދަނާ ގޮތެއްގައި ޓެކުނޮލޮޖީ ބޭނުންކުރުމަކީ ބައެއް ހާލަތްތަކުގައި ގޮންޖެހުން ބޮޑު ކަމެކެވެ. ޚާއްސަކޮށް އުނގަންނައިދިނުމުގައެވެ. މަދުރަސީ ތައުލީމާއި މަތީ ތައުލީމުގައިވެސް މެއެވެ.