މީގެ ހައެއްކަ އަހަރު ކުރިއްސުރެ ސިޑްނީގެ އަމިއްލަ ސްކޫލެއްގައި އައިޕެޑު މެދުވެރިކޮށް ދަރިވަރުންނަށް ފޯރުކޮށްދެމުން އައި އިލެކްޓުރޯނިކު ޓެކްސްޓުފޮތުގެ ބަދަލުގައި ޗާޕުކުރި ފޮތްތައް އަލުން ބޭނުންކުރަން ނިންމި ވާހަކަ މީގެ ދުވަސްކޮޅެއް ކުރީން، ނޫހެއްގައި ލިޔެފައިވަނިކޮށް ފެނުނެވެ. ބައެއް މީހުން މިޚަބަރު މީސްމީޑިޔާގައި ހިއްސާކޮށް، ޚިޔާލު ފާޅުކުރިއެވެ. އެއްބަޔަކު ބުނެފައިވާ ގޮތުގައި އޮސްޓްރޭލިޔާ ފަދަ ގައުމެއްގެ ސާނަވީ ސްކޫލެއްގައި ކިޔަވައިދިނުމަށް އައިޕެޑު ބޭނުންކުރުން ރަނގަޅު ނޫންކަމަށް ގަބޫލުކުރެވިގެން އެކަން ހުއްޓާލަން ގަސްތުކުރި އިރު، ރާއްޖޭގެ ހުރިހާ ސުކޫލެއްގައި ޓެބުލެޓު ބޭނުންކޮށްގެން ކިޔަވައިދޭ ވާހަކަ ދެއްކުމަކީ ދެކޮޅުޖެހޭ ކަމެއް ނޫނެވެ. މިއީ ބަހުސްކުރެވިދާނޭ ކަމެކެވެ. އަޅުގަނޑުގެ ބޭނުމަކީ މިބަހުސުގައި ބައިވެރިވުމެއް ނޫނެވެ. އުނގަންނައި ދިނުމުގައި ޓެކުނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމުގައި ތަރައްގީވަމުން އަންނަ ރާއްޖެފަދަ ގައުމުތަކަށް ކުރިމަތިވެދާނޭ ބައެއް ކަންކަމާމެދު އެއްޗެއް ދަންނަވައިލުމެވެ.
Read More